މިފްކޯގެ ސައިޓެއް
މިފްކޯގެ ސައިޓެއް

ފެލިވަރުން 66 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ޅ. ފެލިވަރުން މިހާތަނަށް 66 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެލިވަރުވަނީ މޮނިޓަރިންގެ ޙާލަތަށް ލާފައެވެ.

ފެލިވަރު ސެންޓަރުގައި ތިބި މުވައްޒުންގެ ޙާލަތު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ޓީމެއް އަންނަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެތަނުގައި މަސައްކަތް ކުރާ 104 މުވައްޒަފެއްގެ ސާމްޕަލް ވަނީ ނަގާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 66 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯއިން ވިދާޅުވީ އެ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށާއި ބައްޔަށް ޕޮޒިޓިވްވި ހުރިހާ ސްޓާފުންނަށްވެސް އެރަށުގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދާކަމަށެވެ.

ޅ. ފެލިވަރު މޮނިޓަރިންއަށް ލާފައިވަނީ އެއަތޮޅު ނައިފަރުން ފެނުނު ކޮވިޑް-19އިގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެންނެވެ. ނައިފަރުން އެންމެ ފުރަތަމަ ކޯވިޑް-19އިގެ ކޭސްއެއް ފެނިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

މިފްކޯގެ ހުރިހާ ސައިޓުތަކުގައިވެސް އަމަލުކުރަމުންދަނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެކުލަވާލާފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސިޖަރ، އެސްއޯޕީތަކުގެ ދަށުންކަމަށް މިފްކޯއިން ވިދާޅުވެއެވެ. އަދި އެކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެކުންފުނިން އަބަދުވެސް އިސްކަންދޭ ކަމަށް  މިފްކޯއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!