ފެލިވަރު މޮނިޓަރިންގ ހާލަތުގައި އޮތްނަމަވެސް، މިފްކޯގެ އުފެއްދުންތައް ރޯދަމަަހު ހުސްނުވެ ލިބޭނެ

މިފްކޯ މަސް ފިހާރަ، ފޮޓޯ- މިފްކޯ
މިފްކޯ މަސް ފިހާރަ، ފޮޓޯ- މިފްކޯ

ފެލިވަރުން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންނަށް ލާފައިވީ ނަމަވެސް ކުރިއަށް އޮތް ރަމަޟާން މަހު އެކުންފުނީގެ އުފެއްދުންތައް މެދުކެނޑުމެއް ނެތި ބާޒާރުން ލިބެން ހުންނާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯގެ މައި މަސްކާރުޙާނާ ހިންގާ ފެލިވަރުން މިހާތަނަށްވަނީ 66 ޕޮޒިޓިވް ކޭސް ފެނިފައެވެ.

މިފްކޯއިން ވިދާޅުވީ، ކުރިއަށްއޮތީ ރަމަޟާން މަސްކަމަށްވެފައި، މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް އެކުންފުނިން ދުރާލާ ތައްޔާރުވެފައިވާކަމަށެވެ.

އެހެންކަމުން މާލެއާއި މިފްކޯގެ އެހެނިހެން ސެންޓަރުތަކުންވެސް މިފްކޯގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ލިބެން ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ.

މިފްކޯގެ މަހުގެ އުފެއްދުންތަކަކީ ރޯދަމަހު ބޮޑު ޑިމާންޑެއް އޮންނަ އުފެއްދުންތަކެކެވެ. އެކުންފުނީގެ މަސް ފިހާރަތަށް ރޯދަމަހު ވަރަށް ބާރުބޮޑުކަންވެސް ފާހަގަކުރެއެވެ.

މިފްކޯއިން ވަނީ ރޯދަމަހަށް އަމާޒްކޮށްގެން އެކުންފުނީގެ އުފެއްދުންތަކަށް އަމާޒްކޮށް ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ