އއ މާޅޮހު ބޭރުން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފިއެވެ.
މި ކަނދުފަތި ހަރުކޮށްފައިވަނީ މާޅޮހުގެ ހުޅަނގު ދެކުނުން 15 މޭލު ބޭރުގައެވެ. އއ. މަތިވެރީ ބޭރުން ކަނޑައިގެންދިޔަ ކަނދުފަތިވެސް މިދިޔަ ހަފްތާގައި ވަނީ ހަރުކޮށްފައެވެ. މި ކަނދުފަތި ހަރުކުރީ މަތިވެރީގެ ހުޅަނގުން އުތުރުން 15 މޭލު ބޭރުގައެވެ.

ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ.
މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.



