ExoIjvrUcAAKapU

މ. ދިއްތުނޑީ ބޮއި ހަރުކޮށްފި

މ. އަތޮޅު ދިއްތުނޑީގެ ބޭރުން ކަނޑައިގެން ދިޔަ ކަނދުފަތި ހަރުކޮށްފިއެވެ.

މި ކަނދުފަތި ހަރުކޮށްފައިވަނީ ދިއްތުނޑީގެ އިރު ދެކުނުން 16 މޭލު ބޭރުގައެވެ. ދިއްތުނޑީ ބޮޔަކީ އެސަރަހައްދުން އެންމެ މަސްވެރިކަން ރަނގަޅު ބޮއިގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޮޔެވެ. މި ކަނދުފަތި ހަރުކުރެވިގެން ދިއުމަކީ އެ ސަރަހައްދުގެ މަސްވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މަސްވެރިން ދެކެެއެވެ.

ފާއިތުވި  ހަފްތާއެއްހާ ދުވަހު ފިޝަރީޒް މިނިސްޓްރީން ވަނީ 3 ކަނދުފައްޗެއް ހަރުކޮށްފައެވެ. އެއީ އއ އަތޮޅު މަތިވެރިއާއި މާޅޮހާއި އަދި މ ދިއްތުނޑީ ބޮއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!