މަސްވެރިކަމާއި ގުޅޭ

raskuri (1)

އައްޑޫސިޓީ މަރަދޫ "ރަސްކުރި"

އައްޑޫސިޓީ މަރަދޫ "ރަސްކުރި" ދޯންޏަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ޚާއްޞަ މަސް ދޯންޏެކެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރާ މި ދޯނީގައި 29 މަސްވެރިން ހަރަކާތްތެރިވެއެވެ. 98 ފޫޓު ގެ މި ދޯނި އެއް ދުވަހުން އެންމެ ގިނައިން މަސް ބާނާފައިވަނީ 31.3 ޓަނު މަހެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. މި ދޯންޏަކީ ދެކުނުގައި މަޝްހޫރު ދޮށީގެ މަސްވެރިކަން ކުރާ ދޯންޏެކެވެ.

ރަސްކުރި ދޯނީގެ ކެޔޮޅަކީ ދޯނީގެ އޮޑިވެރިޔާ، އައްޑޫސިޓީ މަރަދޫ އަލި، އަލިދީދީއެވެ.

ގުޅުންހުރި ލިޔުންތައް