unnamed

މިވަގުތު ފެލިވަރު ސެންޓަރުގެ އޮޕަރޭޝަން އޮތީ ހުއްޓިފައި: މިފްކޯ

މިވަގުތު ފެލިވަރު ސެންޓަރުގެ އޮޕަރޭޝަން އޮތީ ހުއްޓިފައި ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެލިވަރު މޮނިޓަރިންގ ހާލަތަށް ގެނެވުނު ފަހުން ފެލިވަރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެގޮތުން މިހާތަނަށް އެރަށުން މި ބައްޔަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 245 އަށް އަރާފައެވެ.

މިހާރަށް ޕޮޒިޓިވްވެފައިވާ ހުރިހާ މުވައްޒަފުންވެސްވަނީ ފެލިވަރުގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލު ކުރެވިފައެވެ. މިހުރިހާ މުވައްޒަފުންގެ ހާލުވެސް ރަނގަޅު ކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ސާމްޕަލްތައް މިހާރު ނަގާފައިވާއިރު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމަށެވެ. އެރަށުން ގިނަޔަބަކު މި ބައްޔަށް ޕޮޒިޓިވްވެ އަދި ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވީ މީހުންގެ މަޢުލޫމާތު ހޯދަމުންދާ މި ދަނޑިވަޅުގައި އެރަށުގެ އޮޕަރޭޝަން ވަނީ ހުއްޓިފައެވެ. މިފްކޯއިން ބުނީ ކޮންޓެކްޓްވީ މީހުންގެ މަޢުލޫމާތު ނަގާ ނިމުމުން ފެލިވަރުގެ އޮޕަރޭޝަންތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

މިފްކޯއިން ބުނީ މިވަގުތު ފެލިވަރު ސެންޓަރުގެ އޮޕަރޭޝަން ހުއްޓިފައި އޮތް ނަމަވެސް ނަމަވެސް މިފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް އެކުންފުނިން ދުރާލާ ތައްޔާރުވެފައި ވާކަމަށެވެ.

އެހެން ކަމުން މާލެއާއި މިފްކޯގެ އެހެނިހެން ސެންޓަރުތަކުންވެސް މިފްކޯގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ލިބެން ހުންނާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!