b_0abJpCZYxnwd68md6FTBgmAet

ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 347 އަށް!

ޅ. ފެލިވަރުން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 347 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅުތެރޭގެ ކޮވިޑް ކްލަސްޓަތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އަބްދުﷲ މައުރޫފް ވިދާޅުވީ، ފެލިވަރުން 347 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 550 އަށް އަރާ ކަމަށެވެ. އޭގެ ތެރެއިން 540 މީހުންގެ ސާމްޕަލް ނަގާފައިވާކަމަށް މައުރޫފު ވިދާޅުވިއެވެ.

ފެލިވަރުގެ އިތުރުން އެ އަތޮޅު ނައިފަރާއި ހިންނަވަރާއި އޮޅުވެލިފުށި އަދި ކުރެންދޫން ވެސް ވަނީ ކޮވިޑުގެ ކޭސްތަކެއް ފެނިފައެވެ. އެރަށްތައް ހިމެނޭހެން ރާއްޖޭގެ 17 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.

މިދޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެލިވަރު ވަނީ މޮނިޓަރިންގެ ޙާލަތަށް ލާފައެވެ. މިފްކޯއިން ބުނީ ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށާއި ޕޮޒިޓިވްވި ހުރިހާ ސްޓާފުންނަށްވެސް އެރަށުގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދާކަމަށެވެ.

ފެލިވަރުންގެ ގިނައަދަދެއްގެ މުވައްޒަފުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވަނީ މި ބަލި ފެނިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ނައިފަރުގެ ކޮވިޑުގެ ޚަބަރުތައް ފެންނަލެއް ވަރަށް މަދު