ފެލިވަރުގައި ކޮވިޑް ފެތުރެމުންދާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް

b_0abJpCZYxnwd68md6FTBgmAet

ފެލިވަރުގައި ކޮވިޑް ފެތުރުމުގައި ސަރުކާރާއި ފެލިވަރުގެ މެނޭޖްމެންޓުގެ އިހުމާލެއް ވާކަމަށް ބުނެ އެކަން ބަލައި އަތޮޅުގެ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށައަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެވެ. މި މައްސަލަ ހުށައަޅުއްވަމުން ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ އިސްރޯލެއް އަދާކުރާ ފެލިވަރުގައި ކޮވިޑް ކޭސްތަކެއް ފެނި މުވައްޒަފުންގެ ގިނަ ބަޔަކު ހުން އައިސް ބަލިވަމުންދިޔަކަން މެނޭޖްމެންޓަށް އެނގުނު ކަމަށާއި އެރަށް މިހާލަތަށް ދިޔައީ ފެލިވަރު މެނޭޖްމަންޓްގެ އިހުމާލުން ކަމަށެވެ. ޝިޔާމް ވިދާޅުވީ މެނޭޖްމެންޓުން އެ މައުލޫމާތު ސިއްރުކޮށްގެން އުޅެނިކޮށް އެ ބަލި އަތޮޅުގެ ހުރިހާ ރަށަކަށް ފެތުރިފައިވާ ކަމަށެވެ. އަދި އެ މައްސައާ ގުޅިގެން މާލެއިން ހާއްސަ ޓީމްތައް ފެލިވަރަށްގޮސް އަތޮޅުތަކަށް ދިޔައިރު އަތޮޅުތަކަށްވެސް އެ ބަލި ފެތުރުމުން ސަރުކާރުގެ އިހުމާލެއް ވެފައިވޭތޯ ބެލުންވެސް މުހިއްމު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފެލިވަރު ޕޮޒިޓިވްވީ މީހުންގެ އަދަދު 347 އަށް ވަނީ އަރާފައެވެ. ފެލިވަރަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވީ ރަށެވެ.

މިދިޔަ މަހު 24 އިން ފެށިގެން ފެލިވަރު ވަނީ މޮނިޓަރިންގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ