75559E64-D7BA-4644-92A8-67974EDFC32E

މޮޅަދޫއަށް ލެއްގި މަސްބޯޓެއް ކީލަމުގައި ވިއްކާލަނީ

މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެތެރޭ މޮޅަދޫ އިރު އުތުރު ފަޅުތެރެއަށް ލައްވި މަސްބޯޓެއް ނީލަމުގައި ވިއްކާލުމަށް އެރަށު ކައިންސިލުން ނިންމައިފިއެވެ.
މޮޅަދޫ ކައުންސިލްގެ އިދާރާއިންކޮށްފައިވާ އިޢުލާނެއްގައިވާގޮތުން އެރަށު އިރު އުތުރު ފަޅުތެރެއަށް ލައްވި މަސްބޯޓަކީ ގާތްގަނޑަކަށް 25 ފޫޓު ދިގު މަސްބޯޓެއް ކަމަށެވެ. އަދި މަސްބޯޓް ލައްވި އިރު އޮތީ ބަންޑުންނެވެ.
މޮޅަދޫ ކައުންސިލުން ވިދާޅުވީ ނީލަންފެށޭ އަގަކީ 2000ރ (ދެހާސް ރުފިޔާ) ކަމަށާއި ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 500 ރ (ފަސްސަތޭކަ ރުފިޔާ) ކަމަށެވެ.
ބޯޓު ގަތުމަށް، ހުށަހަޅާ ސިޓީގައި އިޢުލާނު ނަންބަރާއި، ހުށަހަޅާފަރާތުގެ ފުރިހަމަނަން އައިޑީކާޑު ނަންބަރު މޯބައިލް ފޯނު ނަންބަރު އަދި ބޯޓު ގަތުމަށް ހުށަހަޅާ އަގު ދިވެހި ރުފިޔާއިން ބަޔާންކުރަންޖެހެއެވެ. އަދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއް ސިޓީއާއެކު ހުށަހަޅުއްޖެހޭނެ ކަމަށް މޮޅަދޫ ކައުންސިލުން ހާމަކުރެއެވެ.
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން ބޯޓު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ، ސިޓީ މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ info@molhadhoo.gov.mv އަށެއެވެ.
ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި އެއިދާރާގެ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.
ކައުންސިލުން ވިދާޅުވީ ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެކަމަށެވެ. އަދި، ނީލަން ކާމިޔާބުކޮށް، ފައިސާ ނުދައްކާ ފަރާތްތަކަށް އެ އިދާރާއިން ކިޔާ ނީލަންތަކުގައި 4 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ބައިވެރި ނުވެވޭނެކަމަށްވެސް މޮޅަދޫ ކައުންސިލުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!