masdhalhi

މިފްކޯއިން މަސްދަޅު ކޭހުގެ އަގު ހެޔޮކޮށްފި

މިފްކޯއިން ވިއްކާ ފަސްމީރު މަސްދަޅު ކޭހުގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ ކުރިން 640 ރުފިޔާއަށް ވިއްކަމުންއައި ތެޔޮ މަސްދަޅު ކޭހެއް މިހާރު 575 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށެވެ. އަދި ކުރިން 595 ރުފިޔާއަށް ވިއްކަމުން އައި ފެން މަސްދަޅު ކޭހެއް މިހާރު ލިބެން ހުންނާނީ 530 ރުފިޔާއަށް ކަމަށްވެސް މިފްކޯއިން ހާމަކުރެއެވެ.

ކޮންމެ މަސް ދަޅު ކޭހެއްގައި ހިމެނޭނީ 48 ދަޅެވެ. މިފްކޯއިން ބުނީ މާލެ، ހުޅުމާލެ އަދި މިފްކޯގެ ސެންޓަރުތަކުން މިއަގުތަކުގައި މަސްދަޅު ކޭސް މިހާރު ލިބެން ހުންނާނެ ކަމަށެވެ.

މިފްކޯއިން ވަނީ މިދިޔަ ފެބްރުއަރީމަހުގެތެރޭގައި ރޯދަ މަހަށް އަމާޒްކޮށްގެން ޙާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. “ފަސްމީރު މާމީރު” ޕްރޮމޯޝަންގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަންގައި އަންނަ މެއި މަހުގު 22 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނ ހަމަޖައްސާފައެވެ.

ފަސްމީރު މާމީރު ޕްރޮމޯޝަންގައި ދެލައްކަ ރުފިޔާގެ އަގުހުރި އިނާމް ހުށައަޅާފައިވެއެވެ. މީގެ ތެރޭގައި ކޮންމެ ހަފްތާއަކު ގުރުއަތުންހޮވޭ ނަސީބުވެރި ދެފަރާތަކަށް 5000 ރުފިޔާގެ ވިޔަފާރި ކުރެވޭނެ ބީއެމްއެލްގެ ގިފްޓް ކާޑެއް މިފްކޯއިން ހަދިޔާކުރާނެއެވެ. މިއަހަރުގެ ޕްރޮމޯޝަންގައި މިފްކޯ މަސްފިހާރަތަކުން އަދި ސައިޓްތަކުން ކުރާ 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއްދޫކުރެއެވެ. ޕްރޮމޯޝަންގައި ބައިވެރިވާން ކޫޕަންގައިވާ ކިޔުއާރު ކޯޑު ސްކޭން ކުރުމުން އަންނަ ސްކްރީންގައި ކޫޕަންގައިވާ ނަންބަރު ޖަހަންޖެހެއެވެ.

ކޮންމެ ހަފްތާގެ ނަސީބުވެރިން މިފްކޯގެ ފޭސްބުކް އަދި ޓުވިޓަރ އެކައުންޓް މެދުވެރިކޮށްދަނީ އިއުލާން ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!