މަނިޔަފުށި
މަނިޔަފުށި

މަނިޔަފުއްޓަށް ޕެޓްރޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އުޢުލާންކޮށްފި

[މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް]  ދަށުން ކ.މަނިޔަފުށީގައި ކުރިއަށް ގެންދެވޭ މަސައްކަތްތަކަށް ބޭނުންވާ ޕެޓްރޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ނުވާތީ އަލުން އެފުރުސަތު ހުޅުވާލައިފިއެވެ.

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފްފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ[މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސްޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްއެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމާއިމެރިކަލްޗަރ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ކ.މަނިޔަފުށީގައި ކުރިއަށް ގެންދެވޭ މަސައްކަތްތަކަށް ބޭނުންވާ ޕެޓްރޯލް ފޯރުކޮށްދިނުމަށް ޝައުގެވެރިވާ ފަރާތްތަކަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަހެއްގެ މައްޗަށް މަދުވެގެން 1،600 ލީޓަރ ޕެޓްރޯލް ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 15ވަނަ ދުވަހުގެ  11:00 އަށް އަންދާސީހިސާބު އާއި އެކު  ހ.ވައިޓްވޭވްސް އަށް އައުމަށް އެމިނިސްޓްރީން އެދެއެވެ.

މިމަސައްކަތްތަކާބެހޭ އިތުރުމަޢުލޫމާތު sfrdp@fisjagri.gov.mv އަށް އީމެއިލްކުރުމުން، އަދި 3322328 ނަންބަރު ފޯނާ ގުޅުއްވުމުން ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!