އާއްމުންގެ މެދުގައި މަސްވެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަސްވެރިންތަކެއް މިހާރު ރާއްޖޭގައި އުފެދިފައިވާއިރު، ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކުގައި މަސްވެރިކަމާއި ގުޅޭ ވީޑިއޯއާއި ފޮޓޯތައް ހިއްސާކޮށް މިދާއިރާގައި އުޅޭ މީހުން މަސައްކަތްކުރާ ގޮތް ދަނީ މުޅި ދުނިޔެއަށް ދައްކާލަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް ފަރާތަކީ ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ގއ. ގެމަނަފުށީ، 23 އަހަރުގެ ހަސަން ސާޖިންއެވެ.
ސާޖިންގެ ވީޑިއޯގެ ޖުމްލަ ވިއުސްގެ އަދަދު 39 މިލިއަނަށް އަރައިފިއިވާ އިރު ސާޖިންގެ މި ކާމިޔާބީއަށް ގިނަ ބައެއްގެ ފަރާތުން މަޜުހަބާގެ މެސެޖްތައް ދަނީ ލިބެމުނެވެ. އެގޮތުން އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ބީ ޓެޕްލިޓްޒްވެސް ވަނީ ސާޖިންއަށް މަރުޙާބާ ކިޔުންވާފައެވެ. ސާޖިންގެ ޓްރީޓެއް ރިޓުވީޓު ކުރައްވާ ސާޖިންއަށް މަރުޙަބާ ކިޔުމަށްފަހު، ސަފީރު ވިދާޅުވީ ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުން އެއީ ރާއްޖެ އާއި އެމެރިކާއިން ވެސް ޙާއްސަ އިސްކަންދޭ ކަންތައް ކަމަށެވެ.

ސާޖިން ދަނީ ފޭސް ބުކް އަދި ޓިވިޓަރގެ ޒުވާން މަސްވެރިޔާގެ ނަމުގައި އެކައުންޓެއް ހަދާ ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ދައްކާލަމުންނެވެ. އޭނާ ބައެއް މީޑިއޯތަށް ބަލާފައިވާ މީހުންގެ އަދަދުމިލިއަނުން ގުނާލެވެއެވެ.
ޒުވާން މަސްވެރިޔާގެ ސޯޝަލް މީޑިއާއަކީ މިވަގުތު މަސްވެރިކަމުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށް މަސްވެރިކަމާއި ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށް އެންމެ ކުރީގައި އުޅޭ އެއް މީޑިއާއެވެ. ސާޖިންގެ ސޯޝަލް މީޑީއާ ބަލާ އަދަދު އުޅެނީ މަހެއްގެ މަށްޗަށް އެވްރެޖްކޮށް 10 މިލިއަނަށްވުރެ މަތީގައި ކަމަށްސާޖިން މައުލޫމާތު ދެއެވެ. އެއީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ގެ ޒަރިއްޔާއިން ހިއްސާކުރާ ޕޯސްޓްތަކުގެ “ޕޯސްޓް ރީޗް” އެވެ.
ސާޖިންގެ ވީޑިއޯއަށް ގިނަ އަދަދެއްގެ ބޭރުގެ ފަރާތްތައް ކޮމެންޓުކޮށްފައި ހުރެއެވެ. ދޮޮށީގެ މަސްވެރިކަމަކީ ބޭރުގެ ގިނަ ފަރާތްތަކަށް އެހާ ދެކެ ފަރިތަ ބާވަތެއްގެ މަސްވެރިކަމެއް ނޫނެވެ. އަދި ރާއްޖޭގައި ކުރަނީ މިފަދަ މަސްވެރިކަމެއް ކަން އެނގި ރާއްޖޭގެ މަސްވެރިންނަށް ތަޢުރީފްގެ ބަސްތައް ބުނެފައި ހުރެއެވެ.


