ދަޢުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއްގައި އުޅުމަށްފަހު މީގެ ދެއަހަރު ކުރިން މީޑިއާ ދޫކޮށްލުމަށްފަހު މުޙައްމަދު ސާދިގު ދިރިއުޅުން ބަދަލުކުރީ އޭނާގެ އުފަށް ރަށް ކަމަށްވާ ރ. މަޑުއްވަރީއަށެވެ. ރަށަށް ބަދަލުވެ އާމްދަނީ ހޯދުމަށް އޭނާ ކުރަންފެށި މަސައްކަތަކީ މަސްވެރިކަމެވެ. ދަޢުލަތުގެ މީޑިއާގައި 13 އަހަރާ 3 މަސް ދުވަހު އުޅުމަށްފަހު މަހަށްދާން ފެށިތާ މިހާރު އަހަރަކާ ގާތްވަނީއެވެ. ރ.މަޑުއްވަރީ ކުރިމަގު ދޯނިން މަހައްދާ މުހައްމަދު ސޯދިޤަކީ އެ ދޯނީގެ މުހިންމު މަސްވެރިއެކެވެ. ނިމގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މަޑުއްވަރީގެ ރައީސްކަމަށް ސާދިގު ވާދަކުރީ މަހަށް ދަމުންނެވެ. ކެމްޕެއިންގައި ގިނަ ވަގުތު ހޭދަކުރީވެސް ކަނޑުމަތީގައެވެ. މަޑުއްވަރީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު މިހާރު އޭނާ ވަނީ ރަށު ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން ސޯދިގު ބުނީ މަސްވެރިކަމާ ދުރުވަން ވަރަށް އުނދަގޫވާނެކަމަށާއި ލިބޭ ހުސްވަގުތު ތަކުގައި މަހަށްދާނެ ކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ވިސްނުން ހުރީ ރައްޔިތުނަން ޚިދުމަތް ކުރުމަށް ކަމަށެވެ.
"މަޑުއްވަރީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރި އިތުބާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިހުލާސްތެރިކަމާއި، އިންސާފުވެރިކަމާއި، އަދަލުވެރިކަމާއެކު ރައްޔިތުނަށް އެދޭފަދަ ތަރައްޤީ ގެނައުމަށް އަޅުގަނޑު މިހިރީ އަތުކުރި އޮޅާލައިގެން. " ސޯދިގު ބުންޏެވެ.

One Response
Marhaba sodig