ރަމަޟާންމަހު މިފްކޯގެ މަސްފިހާރަ ހުޅުވާފައި ހުންނާނެ ގަޑިތައް އާއްމުކޮށްފިއެވެ.
މިފްކޯއިން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 3އަކަށް، އަދި ހަވީރު 4އަކުން 5އަކަށް އަދި ރޭގަނޑު 9 އަކުން 10:30 އަށް މަސް ފިހާރަ ހުންނާނީ ހުޅުވާފައި ކަމަށެވެ.
އަދި ހުކުރު ދުވަހު މަސް ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3 އަކުން 4އަކަށް އަދި ހަވީރު 6އަކުން 7އަކަށް އަދި ރޭގަނޑު 9 އަކުން 10:30އަށް ކަމަށް މިފްކޯއިން ބުނެއެވެ.

އަދި ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓުވަންދެން ފިހާރަ ބަންދުވާނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.