މަސްވެރިކަމާއި ގުޅޭ

މަސްވެރިންގެ އަޑު

ބޮޑުކަންނެލީގެ އަގު ކޮންޓްރޯލް ކޮށްދެއްވާ: ކަންނެލީގެ މަސްވެރިން

ބޮޑުކަންލީގެ އަގު ކޮންޓްރޯލް ކުރެވިފައި ނެތުމަކީ ކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށް ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބުނެއެވެ.

"ދޮށީގެ މަސްވެރިންނަށް މަހުގެ އަގު މިވަނީ ކޮންޓްރޯލް ކުރެވިފަ. އެމީހުންނަށް މަސް ކިލޯއަކަށް ލިބޭނެ ވަރު މަހަށް ފުރާއިރު އެނގޭނެ. އެކަމަކު ކަންނެލީގެ މަސްވެރިނަން މި އޮންނަނީ އެހެނެއް ނޫން. ކަންނެއްޏަށް ފުރާއިރު ހުންނަ އަގެއްނޫން ކަންނެލި ކިރަން އަންނަ އިރު ހުންނަނީ. ރަނގަޅަށް ކަންނެލިކޮޅެއް ބާނާއިރަށް އެބަ އަގުވައްޓާލާ. ކަންޏެއްޔަށް ފުރާއިރު ކިލޯއެއް 80 ރުފިޔާގެ ރޭޓުން ހުރެފަ ހަފްތާއެއް ފަހުން ކަންނެލިބާނައިގެން އަންނައިރު 40 ރުފިޔާއަށް އެބަ ވައްޓާލާ. ކޮންޓްރޯލް އަގެއް ނެތީމަ ކަންނެލި ގަންނަ މީހުން ހަމަ ހަދާނެ އެއްޗެެއް މި ހަދަނީ". ކަންނެލީގެ މަސްވެރިޔަކު ބުންޏެވެ.

ބޮޑުކަންނެއްޔަށް ކޮންޓްރޯލް އަގެއް ހަމަޖެއްސުމުގެ މަޝްވަރާތަށް 2018 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީގައި ކުރިއަށް ދިޔައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަން ހައްލުވެފައެއް ނުވެއެވެ.

މަސްވެރިންގެ އަޑު: ތިބޭފުޅުންގެ އަޑު ފޮނުވާނީ ކިހިނެއް؟

"މަސްވެރިންގެ އަޑު" މިބައިގައި މަސްވެރިން ހިމަނަން ބޭނުންވާނަމަ އަޅުގަނޑުމެންގެ ފޭސްބުކް ޕޭޖަށް ނުވަތަ

ޓްވިޓާރ އިން ތިރީގައިވާ ހޭޝްޓެގް ޖައްސަވާ ޓްވީޓް ކުރައްވާ!

ހިޔާލު ފާޅުކުރައްވާ!