މާލޭ ލޯކަލް މަސް މާރުކޭޓް، ފައިލް ފޮޓޯ
މާލޭ ލޯކަލް މަސް މާރުކޭޓް، ފައިލް ފޮޓޯ

ރޯދަމަސް ފެށުނު އިރު ކަނޑުމަސް ކިލޯއެއް އަގު 65ރ އަށް! މިހާރު ކިލޯއެއް 35ރ!

މާލެ ސަރަޙައްދުގައި މިދުވަސްކޮޅު މަސްވެރިކަން ރަނގަޅުވެ، މާލެއަށް ގިނަ އަދަދަކަށް މަސް ދޯނިތަށް ލަފަމުން ދިޔުމާއި އެކު މަހުގެ އަގު ދަށަށް ހިނގައްޖެއެވެ.

ލޯކަލް މަސްމާރުކޭޓުގައި މިހާރު މަސް ވަރަށް ތިޔާގިއެވެ. މިއާއެކު މިހާރު މަސް މާރުކޭޓުގައި ކަނޑުމަސް ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއަށެވެ. އަދި ބޮޑު ކަންނެލި މަސް ކިލޯއެއް 50 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.

ރޯދަމަސް ފެށުނުއިރު މަސްވެރިކަން އޮތީ ވަރަށް ދަށްވެފައެވެ. ވޯޓު ދުވަސްކޮޅާވެސް ދިމާވުމުން ގިނަ އަދަދެއްގެ މަސްވެރިން ތިބީ އަމިއްލަ ރަށުގައެވެ. މިއާ އެކު އޭރު މަހުގެ އަގު ހުރީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން އޭރު ކަނޑުމަސް ކިލޯގެ އަގު ހުރީ 65ރ. އަށެވެ. އަދި ކަންނެލީގެ އަގު ހުރީ ކިލޯއެއް 50ރ. އަށެވެ.

މަސް މާރުކޭޓުގައި މަސް ވިއްކާ މިހާރު ބުނަނީ މަހުގެ އަގު ދަށްގޮސްފައި މިވަނީ މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކުން މާރުކޭޓަށް ގިނަ އަދަދަކަށް މަސް ލިބެމުންދާތީ ކަމަށެވެ. އެެހެން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަނެއްކާވެސް މަހުގެ އަގު އުފުލުން އެކަށީގެންވާކަމަށް މަސް ވިއްކާ ބައެއް ފަރާތްތަކުން ބުނެއެވެ. ސަބަބަކީ މަސްވެރިން ދޭ މައުލޫމާތަށް ބަލާއިރު، އެންވެރިކަން މިދުވަސްކޮޅު ދަށްވެފައިވުންކަމަށްވެސް މަސް ވިއްކާ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!