އޮސްޓްރޭލިއާގެ ކަނޑުގެ ސަރަޙައްދުގައި މިޔަރު ގިނަވެ މަސްވެރިންގެ ޝަކުވާ ގިނަވެއްޖެއެވެ.
މިކަމުގެ ޝަކުވާ އެންމެ ބޮޑުވެފައިވަނީ ވެސްޓަން އޮސްޓްރޭލިއާ ސްޓޭޓްގައެވެ. އެ ސްޓޭޓުގައި މިޔަރު ހިމާޔަތްކުރިފަހުން މިހާރުވަނީ 12 އަހަރުވެފައެވެ. މިހާރު މިޔަރުގެ އާބާދީ އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި މިއާ އެކު ކަނޑުމަހުގެ ސްޓޮކަށްވެސް އަސަރުކޮށްފައިވާ ކަމަށް މަސްވެރިންދަނީ ބުނަމުންނެވެ.
އޮސްޓްރޭލިއާގެ މަސްވެރިން ދަނީ މަސް ހިފާއިރު މިޔަރު އެއްބައި ކާލާފައި ހުންނަ މަސްތަކާއި އެކީ ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެހެން ނަމަވެސް މިޔަރުގެ މަސްވެރިކަން ދޭން ފަށަން އަލުން ހުއްދަ ދިނުމާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތައްވެސް މަދެއް ނޫނެވެ. އެގޮތުން އެގޮތަށް މިޔަރުގެ މަސްވެރިކަން ކުރަން ހުއްދަ އަލުން ދީފިނަމަ ކުރިން އޮތް ހާލަތަށް މިޔަރުގެ ހާލަތު ގޮސްދާނެ ކަމަށް އެފަރާތްތަކުންދަނީ ބުނަމުންނެވެ.