ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ފުލްވެއްޖެއެވެ.
މިފްކޯއިން ބުނެފައިވަނީ އިއްޔެ އައްޑޫ ސަރަޙައްދުގައި މަސްވެރިކަން ރަނގަޅުވެ، އައްޑޫ ފިޝަރީޒްއަށް 2 ވަނަ ޝިފްޓަކަށްވެސް މަސް ގަނެފައިވާ ކަމަށެވެ. އެހެންކަމުން ދެން އައްޑޫ ފިޝަރީޒްއިން މަސް ގަންނާނީ މިއަދު މެންދުރުފަހުގެ މަގުތެއްގައި ކަމަށް އެކުންފުނިން ހާމަކުރެއެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 7967992އަށް ގުޅުމަށް އެކުންފުނިން އެދެއެވެ.
މީގެއިތުރުން ކޫއްޑޫއަށް އިއްޔެ ގިނަ އަދަދެއްގެ މަސް ކިރާފައިވާތީ، ބުރައިން ފުލްވެ، ކަލެކްޓަރ ބޯޓުފަހަރުގައި ގެނައި މަސް އަދި ހުސް ނުކުރެވޭ ކަމަށާއި، އެހެން ކަމުން މިއަދު މަސް ކިރާ ކަލެކްޓަރ ވެސެލް އެއް އޮންނާނީ ތިނަދޫ ބަނދަރުގައި އެކަނި ކަމަށްވެސް މިފްކޯއިން ހާމަކުރެއެވެ. އަދި އިތުރު ބޯޓެއްގެ މަސް ހުސް ކުރެވިއްޖެ ނަމަ އިތުރު ބަނދަރަކަށް ފޮނުވާނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.