މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
މިފްކޯއިން ބުނީ މާދަމާއިން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓްފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 9.03 ލާރިއަށް ކަމަށާއި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 11.10 ރުފިޔާއަށް އަށްކަމަށް މިފްކޯއިން ހާމަކުރެއެވެ.
މިފްކޯއިން ވަނީ މިދިޔަ މާރޗުމަހުގެ 17ވަނަ ދުވަހު އެކުންފުނިން ވިއްކާ ޑީސެލްގެ އަގު ބޮޑުކޮށްފައެވެ. މިއާއެކު މިފްކޯއިން މަސްވެރިންނަށް ޑީސެލް ލީޓަރެއް ޑީސެލް ލީޓަރެއް ވިއްކަމުން އައީ 9 ރުފިޔާ 60 ލާރިއަށެވެ. އަދި އެހެނިހެން ފަރާތްތަކަށް ޑީސެލް ލީޓަރެއް ވިއްކާފައިވަނީ 11 ރުފިޔާ 10 ލާރިއަށެވެ.
މިފްކޯއިން ޑީސެލް ވިއްކާ އަގަށް ބަދަލު އޭރު ގެނައީ އެސްޓީއޯއިން ޑީސަލް ވިއްކާ އަގު ބޮޑުކުރުމާއި ގުޅިގެންނެވެ.
ފާއިތުވި 7 މަހުގެ ތެރޭގައި މިފްކޯއިން މަސްވެރިންނަށް ވިއްކަމުން އަންން ޑީސެލްގެ އަގުވަނީ އެކިފަހަރުމަތިން ބޮޑުކޮށްފެވެ. ނިމިގެން ދިޔައަހަރު ސެޕްޓެމްބަރ މަހުގެ 30 ވަނަދުވަހު މިފްކޯއިންވަނީ މަސްވެރިންނަށް 6 ރުފިޔާ 89 ލާރިއަށް ޑީސެލް ލީޓަރެއް ވިއްކާފައެވެ. މާދަމާއިން ފެށިގެން ތެލުގެ އަގަށް ގެންނަ ބަދަލާއިއެކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ތެލުގެ އަގު މިވަނީ ލީޓަރަކުން 2 ރުފިޔާ 71 ލާރި ބޮޑުވެފައެވެ.