ފަހިމަގު ދޯނީގެ ފަރާތުން ގަމުގައި މޮނިޓަރިންއަށްލާފައިވާ ގެތަކަށް ކަނޑުމަސް ހަދިޔާކޮށްފި

gann ehee

ލ. ގަމު ފަހިމަގު ދޯނީގެ ފަރާތުން އެރަށުގައި މޮނިޓަރިންގެ ހާލަތުގައިވާ ގެތަކަށް ކަނޑުމަސް ހަދިޔާކޮށްފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ލ.ގަމުން ފެނުމާއި ގުޅިގެން އެރަށުގެ 43 ގެއެއް ވަނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަރަންޓީނަށް ލާފައެވެ. މިއާ އެކު މި ގެތަކުގެ ފަރާތްތަކަށް ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އަދި އެހެން ފަރާތްތަކަށްވެސް މިގެތަކަށް ވަނުން މަނާވާނެއެވެ.


މިއާ އެކު މި ގެތަކުގައި ދިރިއުޅޭ ފަރާތްތަށް ކެއިން ބުއިމަށް ބޭނުންވާނެ ސަމާނުތައް ދަނީ ދީލަތި އެކި ފަރާތްތަކުން ހަދިޔާ ކުރަމުންނެވެ.
އެގޮތުން އެރަށު ފަހިމަގު ދޯނިން މި ގެތަކަށް މަސް ހަދިޔާ ކޮށްފައިވާއިރު، އެރަށުގެ ކައުންސިލްގެ ފަރާތުންވަނީ ގެތަކަށް މަސްތައް ފޯރުކޮށްދީފައެވެ.

އެހީ ބޭނުންވާ ވަގުތުތަކުގައި މަސްވެރިންނަކީ އަބަދުވެސް މިފަދައިން މިސާލު ދަށްކަމުންދާ ފަރާތްތަކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ