ހުވަދުއަތޮޅުގައި މަސްކިރަން ކިޔުގައި ތިބި ދޯނިފަހަރަށް އައިސް ނުލިބުމުގެ ސަަބަބުން އެދޯނިފަހަރުގައި ހުރި މަސްތައް ކުނިވުމުގެ ސަބަބުން ކަނޑަށް އަޅަން ފަށައިފިއެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން ދެކުނުގެ މަސްދޯންޏަކުން ބުނީ މަސްކިރަން ކޫއްޑޫގެ ކިޔުގައި އޮންނަތާ 3 ދުވަސް ވެފައިވާއިރު މަހަށް އަޅަން އެކަށީގެންވާ އައިސް ކޫއްޑޫން ނުލިބޭކަމަށެވެ. އަދި އަތޮޅުގެ އެއްވެސް ރަށަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބޭކަމަަށް އެދޯނިން ބުނެއެވެ. މިކަމުގެ ސަބަބުން ދޯނީގައި ހުރި މަސްތައް ހަލާކުވެ ކަނޑަށް އުކާލަން މަޖުބޫރު ވެފައިވާކަމަށް އެދޯނިން ބުންޏެވެ.
4 ދޯންޏަކުން މަސްތައް ކަނޑަށް އުކާލާ ވީޑިއޯ މަސްވެރިންއެމްވީއަށް ވަނީ ލިބިފައެވެ. މީގެތެރެއިން 1 ދޯނިން 5 ޓަނުގެ މަސް ކަނޑަށް އުކާލިކަމަށް މަޢުލޫމާތު ލިބެއެވެ.

މަސްވެރިން ބާނާ މަސް ކިރޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމަކީ ސަރުކާރުގެ ބަރަށް ބޮޑު އިހުމާލެކެވެ. މަސްތައް ކުނިވުމުން ކަނޑަށް އުކާލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ މަންޒަރު ވޯޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ. މަސްތައް ކުނިކޮށްފަ އުކާލުމުގެ ކުރިން އޭގެ ބޭނުންޖެހިފަ ތިބޭ މީހުންނަށް ހަދިޔާ ކުރުމަކީ ވަރަށް މާތް ސިފައެކެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުމުގެ ސަބަބުން މަސް ކިރުމުގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.