IMG_20200918_124607_814-ovmwl3wn4o8zs1w66k6goi1p6gk827uq497qctrtl4

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 5 މަސް ބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ޤަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 5 މަސް ބޯޓެއް ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ ކޯސްޓް ގާޑުގެ ބޯޓު 'ހުރަވީ' އިން ކުރަމުންދިޔަ ޕެޓްރޯލް ދަތުރެއްގައި މ. އަދި ވ. އަތޮޅާއި ދިމާ އިރުން ރާއްޖޭގެ ކަނޑުގެ ޙާއްސަ އިޤްތިސާދީ ސަރަޙައްދުގެ 30 ނޯޓިކަލް މޭލު ތެރެއިން ޤަވާއިދާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ 5 މަސް ބޯޓެއް ފެށިގެން އެ ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ މަސް ބޯޓުތައް ޤަވާއިދާ ހިލާފަށް މަސް ބާނަމުން ދިޔުމަކީ އޭގެ ސަބަބުން ދިވެހިންގެ މަސްވެރިކަން ދަށްވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!