EzuU5v9VkAEgnzT

އެންސިސް އޮތީ މަސްވެރިންނާއެކު! މަސް ކިލޯއެއް 18 ރުފިޔާއަށް ގަންނަން: އެންސިސް

އެންސިސް އޮތީ މަސްވެރިންނާއެކުގައި ކަމަށާއި ކަޅުބިލަ މަސް ކިލޯއެއް 18 ރުފިޔާއަށް ގަންނަ ކަމަށް އެންސިސް ފިޝަރީޒުން ބުނެފިއެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތުދެއްވަމުން އެންސިސް ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު ހުސެއިން އަފީފު ވިދާޅުވީ، ދެކުނުގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅުވީނަމަވެސް އުތުރުގެ މަސްވެރިކަން ދަށްވުމުގެ ސަބަބުން އެންސިސްއަށް މަސްލިބޭ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އެހެންކަމުން ދެކުނުގެ މަސްވެރިން އެކުންފުންޏަށް މަސްކިރުމަށް ބާރު އެޅުމުގެ ގޮތުން މިފްކޯއިން މަސް ގަންނަ އަގަށްވުރެ ކިލޯއަކުން 2 ރުފިޔާ އަގުބޮޑުކޮށް 1 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް 18 ރުފިޔާއަށް ގަންނާނެކަމަށް އެންސިސްއިން ބުނެއެވެ.

"1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިފްކޯއިން މި ގަންނަނީ 9 ރުފިޔާއަށް. 1.5 ކިލޯއިން މަތި 16 ރުފިޔާއަށް. އަޅުގަނޑުމެން 1 ކިލޯއިން މަތީގެ މަސް މި ގަންނަނީ 18 ރުފިޔާއަށް. މަސްވެރިން މަސް ނުކިރިގެން ކަނޑަށް އުކާލާނެކަމެއް ނެތް. އެންސިސް މިއޮތީ މަސްވެރިންނާއެކު. މިކޮޅަށް އަންނަންވީ ހަމަ. މަސްވެރިންނަށް އެންމެ ރަނގަޅު އަގު މިހާރު މިދެނީ އެންސިސް އިން." ހުސެއިން ވިދާޅުވިއެވެ.

އެންސިސްގެ ފެކްޓްރީ ހުންނަނީ ހުޅުމާލޭގައެވެ. ކަނޑުމަސް ގަތުމުގެ އިތުރަށް އެންސިސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޮޑު ކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުންޏެވެ. ބޮޑު ކަންނެލި ކިލޯއެއް މިވަގުތު އެކުންފުނިން ގަންނަމުންދަނީ 100 ރުފިޔާ އަށެވެ.

އެންސިސް އިން އަންނަނީ މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކޮށް މާކެޓަށް ނެރެމުންނެވެ. މިގޮތުން އެކުންފުނިން އުފައްދާ މަސްދަޅު ކަމަށްވާ “އެންޒީ” ބްރޭންޑްގެ މަސްދަޅަކީ ރާއްޖޭގެ އެންމެ މަޤްބޫލް އެއް ބްރޭންޑެވެ.

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއިން ވަނީ މަސްގަތުން ކޮންޓްރޯލްކޮށްފަ އެވެ. މިގޮތުން އެކުންފުނިން ގަންނަނީ ގިނަވެގެން ދޯންޏަކުން 4 ޓަނުގެ މަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކުއުޑޫނުންއެހެންފައްރާތެ ދެއްކުނުގާހަރަކާތެއްރިވާނޭދުހެއް ދެކެންބޭނު