މާދަމާއިން ފެށިގެން ކޮންޓްރޯލްކުރުމެއްްނެތި މަސް ގަންނަމުންދާނެ- މިފްކޯ

IMG_20200918_124607_814-ovmwl3wn4o8zs1w66k6goi1p6gk827uq497qctrtl4

މާދަމާއިން ފެށިގެން އެއްވެސް ކޮންޓްރޯލްކުރުމެއް ނެތި މިފްކޯގެ ސެންޓަރުތަކުން މަސް ގަންނަމުން ދާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުވެ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގައި ހުރި މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސްކިރަމުންދާތީ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސް ކިރުވުމަށް ދަތިތަކެއް ދިމާވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން ދިޔައީ ކޮންޓްރޯލްކޮށްގެންނެވެ. އެގޮތުން އޭރު މަސް ގަންނަމުން ދަނީ ކޮންމެ ދޯންޏަކުން ގިނަވެގެން 4 ޓަނުގެ މަހެވެ.

ކޮންޓްރޯލް އުވާލައިފިކަން ހާމަކޮށް މިފްކޯއިންވަނީ މި ފާއިތުވީ ދުވަސްތަކުގައި މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މަސްގަތުން ކޮންޓްރޯލް ކުރުމަކީ މަސްވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި މިއީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ. މިކަންކަން ހައްލުކޮށްދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިކަމަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށް މަސްވެރިން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ