މާންދޫން 230 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ގަމު ރީޖިނަލް ހޮސްޕިޓަލުން ބުނީ މާންދޫން ޕޮޒިޓިވްވީ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސިރިއަސް ކަމަށެވެ. މިގޮތުން ހާލު ސީރިއަސްވި 3 މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައިވާކަމަށް ގަން ރީޖިނަލް ހޮސްޕިޓަލުން ބުނެއެވެ. މި ތިން މީހުންގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ ފިރިހެނެކާއި ނޭޕާލްގެ ދެ ފިރިހެނުންނެވެ.
މާންދޫން ގިނަ އަދަދެއްގެ މުވައްޒަފުން ޕޮޒިޓިވްވެ ބައެއް މީހުންގެ ހާލު ސީރިއަސްވުމާ ގުޅިގެން ލ. ގަމު ރީޖިނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއް މާންދުއަށް ގޮސް ބަލިމީހުންނަށް ފަރުވާދީފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.