ފިޝަރީޒް މިިނިސްޓަރު ޒަހާ ވަހީދު މަޤާމުން ވަކިކުރައްވައިފިއެވެ.
މިރޭ ދަންވަރު ކުއްލިގޮތަކަށް އެކަމަނާ ފިޝަރީޒް މިނިސްޓަރުކަމުން ވަކިކުރެއްވީ ފޯނު ކޯލަކުން ކަމަށް އެމްއާރުއެމްގެ އިސްބޭފުޅަކު ވިދާޅުވިއެވެ. މިކޯލުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކުރެއްވުމަށްފަހު މިނިސްޓަރު ފެންވަރުގެ އެހެން މަޤާމެއް ދެއްވުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ފިޝަރީޒް މިނިސްޓަރު ކަމަށް ދެން ހަމަޖައްސަވާނެކަމަށް ބެލެވެނީ އެންވަޔަރުމަންޓް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. ޑރ. ހުސެއިން ވަނީ 2008 ވަނަ އަހަރު އުފެދުނު ފުރަތަމަ އެމްޑީޕީ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމް އަދާކުރައްވާފައެވެ.
One Response
ދަމުނަާދުގައި އޮންނަވަނިކޮށް އައިކޯލަކުން ވަޒީފާ ގެއްލިއްޖެ.