މިފްކޯއިން ވިއްކާ ވަޅޯމަސް އެހާ މީރީ ކީއްވެގެންކަން އެނގޭތަ؟

sadsx

މިފްކޯއިން ވިއްކާ ވެކިއުމް ކުރި ވަޅޯ މަހަކީ އާއްމުންގެ މެދުގައި ވަރަށް މަޤްބޫލް އުފެއްދުމެކެވެ.

ވެކިއުކުރި ވަޅޯ މަހަކީ މިފްކޯ މަސް ފިހާރައިން އެންމެ ގިނައިން ވިކޭއެއް ބާވަތްވެސް މެއެވެ. މިފްކޯއިން ވިއްކާ ވެކިއުމް ކުރި ވަޅޯ މަހަށް މިހާ ބޮޑު ތަރުޙީބެއް ލިބިފައިމިވަނީ މިމަސް މީރު ވީމާކަން ޔަޤީނެވެ.

މި މަސް ތައްޔާރުކޮށްފައިވަނީ ވެސް ސީދާ ބޭރުގެ މާރުކެޓްތަކަށް ވިއްކާ ފެންވަރަށެވެ. ދާދިފަހުން ޓީވީ ޗެނަލްއެއްގެ ޕްރޮގްރމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢިލް ފައުޒީ ވަނީ މިފްކޯގެ ވަޅޯމަހުގެ އުފެއްދުންތަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

އެގޮތުން މިފްކޯއިން އުފައްދާ ވަޅޯމަހުގެ ކޮލިޓީ ވަރަށް ރަނގަޅުވާނެ ކަމަށް އިސްމާޢިލްވަނީ ވިދާޅުވެފައެވެ.

"  މިފްކޯގެ ވަޅޯމަހަކީ ހަމަ ސީދާ ޖަޕަނީސް މަރކެޓްއަށް، ކަޓްސްސުބުޝީ ޕްލާންޓުން ތައްޔާރުކުރާ ވަޅޯ މަސް، އެހެންވީމަ ވަރަށް ރަނގަޅު ކޮލިޓީ ޓޭސްޓުވެސް ހުންނާނެ،" އިސްމާޢިލް ވިދާޅުވިއެވެ.

އިސްމާއިލް ފައުޒީ ފާހަގަކުރެއްވިގޮތުގައި މިއަހަރުގެ ރޯދަމަހު ވަޅޯމަހުގެ އެފުއްދުންތަކަށް ވަރަށް ރަނގަޅު ޑިމާންޑެއް އެބައޮތްކަމަށެވެ.

" ވަޅޯ މަހުގެ އުފެއްދުންތަކަށް ފުދޭވަރަކަށް ޑިމާންޑް ބޮޑު، މާލެ ސަރަޙައްދުގަ ޙާއްސަކޮށް މި މަސްވެރިކަން ދަށްވީމަ، އުތުރުގެ މަސްވެރިކަންވެސް ދަށްވީމަ، މިދިޔަ ރޯދަމަހު އެވަރަކަށް، އެކްސްޕެކްޓް ކުރި ޑިމާންޑް ނާދެ، އަބަދުވެސް ރޯދަމަހަށް ޕްލޭންކުރަން ބޭނުންކުރާ އަދަދުދަށް، މިއަހަރު ފުދޭވަރަކަށް ރަނގަޅު ޑިމާންޑު،" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ދަނީ ބާޒާރަށް ތަފާތު އެކި އުފެއްދުންތައް ނެރެމުންނެވެ. އަދި އަލަށް ނެރޭ އުފެއްދުންތަކަށްވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. މި އާޓިކަލް ކަމަކު ނުދޭ. ޖަވާބެއް ނުލިބޭ.
    "ފެންވަރު ރަނގަޅީ" އޭ ތިބުނީ.

  2. ތިއަ މަހަކީ އަހަރެންނަށް އެއްގޮތަކަށްވެސް މީރު މަހެއްނޫން ކާއިރު ހީވަނީ އަގައަށް ކރުފެލި ހުނިއެއްޗެއް ގިނަވާހެން

ފަހުގެ