WhatsApp Image 2021-05-17 at 10.35.35

މާލޭ މަސްމާރުކޭޓުގައި މަހުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ، މަސް ކިލޯއެއް 90 ރުފިޔާއަށް!

މާލޭ މަސްމާރުކޭޓުގައި މަހުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

މިއަދު މާލޭ މަސްމާރުކޭޓުގެ އަގުތަކަށް ބަލާއިރު އެންމެ ބޮޑަށް އުފުލިފައިވަނީ ކަނޑުމަހުގެ އަގެވެ. މިގޮތުން ކަޅުބިލަ މަހާއި ކަންނެލި ކިލޯއެއް ހުރީ 80 ރުފިޔާއާއި 90 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މާރުކޭޓުގައި މަސްވިއްކާ މީހުން ބުނީ މަހުގެ އަގު އުފުލުނީ މަސް ނުލިބޭތީ ކަމަށެވެ. މާރުކޭޓަށް ބަލާއިރު މަސް ހުރީ ވަރަށް މަދުންނެވެ.

"މަހެއް ނުލިބޭ ބޭނުންވާ ވަރަކަށް. ވަރަށް ނުލިބޭ. މި ދުވަސްވަރު ވިއްސާރަވެފަ އަނެއްކާ 6 ރޯދަ ދުވަސްވަރު ވީމަ މަސްވެރިން މަހަށް ނުފުރަނީ. މިއަދު މަސް ނުލިބުނިއްޔާ މާރުކޭޓުން މަސް ހުސްވާނެ." މަސްމާރުކޭޓުގައި މަސްވިއްކަން ހުރި މީހަކު ބުންޏެވެ.

ކަނޑުމަހުގެ އިތުރުން ފަރުމަހުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އާދައިގެ ރަތްމަހެއްހެ އަގު އުޅެނީ 300 ރުފިޔާއަށެވެ. ބޮޑު ރަތްމަހެއްގެ އަގު ހުރީ 500 ރުފިޔާއަށެވެ. އާދައިގެ ސައިޒުގެ ގިއުޅެއްގެ އަގު ހުރީ 150 ރުފިޔާއަށެވެ. ގިނިމަސް ހުރީ 50 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!