ކޮޅުމަޑުލު ހިރިލަންދޫ/ ފޮޓޯ: ހިރިލަންދޫ މަސްވެރިން
ކޮޅުމަޑުލު ހިރިލަންދޫ/ ފޮޓޯ: ހިރިލަންދޫ މަސްވެރިން

މަސް ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާކޮށްފި

މަސް ދޯންޏެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މީހަކު މަރުވި މައްސަލާގައި ދައުލަތުން ދައުވާކޮށްފިއެވެ.

މިދިޔަ މާރިޗުމަހުގެ 7 ވަނަދުވަހުގެރޭ އެންދަމަން ނުކުމެ އޮތް ދޯންޏެއްގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމދުގައި ހިންގި މި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި ބަންގަލަދޭޝް ރައްޔިތެކެވެ.

އޭނާއަށް ލިބުނު ޒަހަމްތަކަށް ތ.އަތޮޅު ވޭމަންޑޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެމީހާ މަރުވީ އޭގެ އަނެއް ދުވަހު 11:59 ގައެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރީ އެދޯނީގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 42 އަހަރުގެ މުހައްމަދު މަސްއޫދު ނަމަކަށް ކިޔާ މީހެކެވެ.

ދ މީދޫ "ޖިހާދު" ދޯނީގައި މަސައްކަތް ކުރި މުހައްމަޑު ޝާހީނަށް ހަމަލާދީ އޭނާ މަރާލި މައްސަލާގައި މަސްއޫދުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށޫގެ ދައުވާއެވެ. މި މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

މި ހާދިސާ ހިނގިއިރު އެދޯނީގައި 12 މީހުން ތިބިއެވެ. އޭގެތެރެއިން 8 މީހުންނަކީ ބިދޭސީންނެވެ. މި ހާދިސާގައި މި ދެމީހުންގެ މެދުގައި ހަމަނުޖެހުން ހިނގީ ކޮން ސަބަބަކާއި ހުރެކެމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބަލާއެއްތާ މަސްދޯނިތަކުގައިވެސް ދިވެހިންނަށްވުރެ މެޖޯރިޓީ ބަންގާޅީންނަށް ދިނީމަ ވާނީ ތިހެން