ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ޒުވާނުން ފަލަސްތީނާއެކު ދިވެހިން ތިބިކަން ކަނޑުމަތިން ދައްކާލައިފިއެވެ.
ސްޕޯޓްސް ފިޝިންގައި ބޭނުންކުރާ ލޯންޗުތަކުގައި މާލޭ ސަރަހައްދުގައި ބޭއްވި މި ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިހަކާތުގެ ވީޑިއޯއާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު މި އިވެންޓަށް ގިނަ ބައެއް ސަމާލުކަންވެސް ވަނީ ލިބިފައެވެ.

މި ހަރަކާތުގެ ބައިވެރިންވަނީ ފަލަސްޠީންގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލު ކުށްވެރިކޮށް ޝުޢޫރުފާޅުކޮށް އަޑު އުފުލާފައެވެ. ކަނޑުމަތީގައި މާލެ ވަށައި ކުރިއަށްގެންދިޔަ މިހަރަކާތުގައި ބައިވެރިވާން ވަރަށްގިނަ ޢަދަދެއްގެ ބަޔަކު ބޭނުންވިއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުގައި މިވަގުތު އޮތް ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މިހަރަކާތް ކުރިއަށްގެންދިޔައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާ އެއްގޮތަށެވެ. އެހެންކަމުން ބައިވެރިވާން ބޭނުންވި އެންމެންނަށް އެފުރުސަތެއް ނުލިބުނެވެ.
Happening now out in the ocean!
Rally held by the sportsfishing community of Maldives in solidarity with Palestine. Masha Allah.#WeStandWithPalestine 🇵🇸🇲🇻#FreePalaestine pic.twitter.com/4LtEK5wx13— Ali Rameez 🇲🇻🇵🇸 (@aliramyz) May 21, 2021
ރާއްޖޭގައި ސްޕޯޓް ފިޝިންގެ މަސްވެރިންގެ ފަރާތުން ފަލަސްޠީންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީ ހޯދުމުގެ ޙަރަކާތެއް ރާވަމުން އަނަނަ ކަމަށްވެސް މިހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ބުނެއެވެ. އިޒްރޭލު ސިފައިން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ދައްކުވައިދިނުމުގެ އެކި ހަރަކާތްތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މިދުވަސްކޮޅު ކުރިއަށް އެބަދެއެވެ.