0974EF0B-CFA4-447D-9119-7453946D46AF

ކުރިއަށް އޮތް 4 ދުވަހު މޫސުން ގޯސްވާނެ! މޫސުމަށް ސަމާލުވޭ!

ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާޒްކޮށްފިއެވެ.
މެޓް އޮފީހުން ވިދާޅުވީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި ޙާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖެއާ ދުރުން ބަންގާޅުކަނޑުގައި އުފުދިފަައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ ތޫފާނަކަށްވުމުގެ ފުރުސަތު އޮތްކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.
އަދި މިކޮޅިގަނޑު ޖެހެމުން ދަނީ އުތުރު ހުޅަނގުއުތުރަށް ރާއްޖެއާ ދުރަށްކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!