މާލެ ސިޓީގައި މިހާރު އަޅާފައިވާ ޙާއްސަ ފިޔަވަޅުތަކާއި އެކު، މާލެ ސިޓީއިން މަހަށް ފުރާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިިން ނެރެފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން މާލޭސިޓީގެ މަސްވެރި އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމަށް ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އަދި ހުއްދަ އަށް އެދުމަށް ސިޓީ ކައުންސިލްގެ ވެބުސައިޓްގައި އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ކޯވިޑާއި ގުޅިގެން އައި އޮޅުން އެންމެ ކުޑަކޮށް ކުރީ މަސްވެރިކަމުގެ ސިނާއަތަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކޯވިޑްގެ ބަލިމަޑުކަން ފެތުރެމުން ދިޔަ ނަމަވެސް، ޙާއްސަ ފިޔަވަޅުތަކާއި އެކު މަސްވެރިން ދަނީ މަހަށް ނިކުންނަމުންނެވެ.