bilehdhoo 2

ބިލެއްދޫގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން އެރަށު ހުރިހާ މަސްވެރިން ދޯނިފަހަރުގައި ކަރަންޓީން ވެއްޖެ

ބިލެއްދޫގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން އެރަށު ހުރިހާ މަސްވެރިން ދޯނިފަހަރުގައި ކަރަންޓީން ވެއްޖެއެވެ.

ބިލެއްދޫ ކައުންސިލުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިން ދޯނިފަހަރުގައި އައިސޮލޭޓު ކުރީ އެންމެ ރައްކާތެރި ގޮތަކީ އެއީކަމަށްބަލާ، މަސްވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

"ފ.ބިލެތްދޫ މޮނިޓަރިންގ އަށްލުމާއި ގުޅިގެން ރަށުން ބޭރުގައި މަސައްކަތް ކުރަމުންދާ ބިލެތްދޫގެ ޙީވާގި ފާނުމަސްވެރިންނާއި މަޝްވަރާ ކުރުމަށްފަހު އެންމެ ރައްކާތެރި ގޮތަކީ ދޯނިތަކުގައި އައިސޮލޭޓް ވުމަށް ފަހު އަނބުރާމަސައްކަތަށް ދިއުން ކަމަށް ޤަބޫލްކުރެވޭތީ، އަނބުރާ މަސައްކަތަށް ދިއުމަށް ބޭނުންވާ މަސްވެރިން ދޯނިތަކުގައި ދަނީއައިސޮލޭޓްވަމުންނެވެ. މިހިތްދަތި ދަނޑިވަޅުގައި ކެއްތެރިކަމާއި ހިއްވަރާއި އެކު ތިޔަލޮބުވެތި މަސްވެރިން ތިޔަދައްކަމުން ގެންދަވާ ލާމަސީލް ނަމޫނާ ފަާހަގަކޮއް މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އަދި ޖުމުލަކޮއް ހުރިހާ ރައްޔިތުންނަށް ފައްފަށުން ޝުކުރު ދަންނަވަން. ބަލި ކޮންޓުރޯލް ކުރުމުގައި ތިޔައެންމެހާފަރާތްތަކުން ދެއްވަމުން ގެންދަމުން އެއްބާރުލުން ފާހަގަ ކޮއް ޝުކުރު ދަންނަވަން. ޒަރޫރީ ބޭނުންތައް ފުއްދުމުގެ އިންތިޒާމް ހަމަޖެހިފައިވާވާހަކަ ދަންނަވަން. އަދި ދަތިކަމެއް ދިމާވަމުން ދާނަމަ އެކަން ހައްލުކުރުމަށް ވީއެންމެ އަވަހަކަށް ކައުންސިލް އަށް އެންގެވުމަށް އެދިދަންނަވަން." ބިލެންދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

މިހާލަތުގައި ދޯނިފަހަރަށް ބޭނުންވާ ފެނާއި އެހެން ސާމާނު ފޯރުވައިދިނުމުގެ ކަންކަންވެސް ކައުންސިލުންވަނީ ހަމަޖައްސާފައެވެ.

ބިލެއްދޫން މިހާތަނަށް 56 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށު ކައުންސިލުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

ބިލެއްދޫ މަސްވެރިންގެ މައިގަނޑު މަސައްކަތަކީ ފާނައިގެ މަސްވެރިކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!