vandhoo

ހުޅުމާލެއަށް މަސްކިރަން ދިޔަ ދެ ދޯންޏަށް އެންސިސްގެ މުވައްޒަފަކު އެރުމުން އެ ދެދޯނި ކަރަންޓީން ކޮއްފި

ހުޅުމާލެއަށް މަސްކިރަން ދިޔަ ތ. ވަންދޫގެ ދެ ދޯންޏަކަށް އެންސިސް ކުންފުނީގެ މުވައްޒަފަކު އެރުމުން އެ ދެދޯނި ރަށަށް ދިއުމުން ކަރަންޓީން ކޮއްފިއެވެ.

"ވަންދޫ މަސްވެރިން"ގެ ނަމުގައި ހިންގާ ފޭސްބުކު ޕޭޖުން ބުނީ މަސްވެރިން މަސްކިރަން ދިއުމުން ޓެމްޕަރޭޗަރު ބަލަން ދޯންޏަށް އެރުން މިވަގުތުގެ ހާލަތަށް ބަލައި ހުއްޓާލަން ޖެހޭކަމަށެވެ. މަސްކިރުމުގެ ކަންކަން ދޯންޏަށް ނާރަައި ކުރުމަކީ މިވަގުތައް ބަލާއިރު ވަރަށް މުހިއްމުކަމެއްކަމުގައި ދެކޭކަމަށް ވަންދޫ މަސްވެރިންގެ ޕޭޖުން ވަނީ ބުނެފައެވެ. ދޯނިތަކުގެ ކެޔޮޅުންނާއި މަސްގަންނަ ކުންފުނިތަކުން މިކަމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށާއި ރާއްޖޭގެ ހުރިހާ މަސްވެރިންވެސް މިކަމަށް ސަމާލުވުމަށް މި ޕޭޖުން ވަނީ ބުނެފައެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން އެންސިސް ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސެއިން އަފީފު ވިދާޅުވީ، އެސްސިސްއިން އަމަލު ކުރަމުންދަނީ އެޗްޕީއޭގެ ޤަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. މިގޮތުން ދޯނިފަހަރަށް ޗެމްޕަރޭޗަރު ބަލަން އަރާ އެކުންފުނީގެ މުވައްޒަފުންނަކީ މާސްކާއި، އަންގިއާއި ބޫޓު ފަދަ ތަކެތި ބޭނުންކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ މުވައްޒަފުން ކަމަށެވެ. އަދި ދޯނިފަހަރަށް އަރާ މުވައްޒަފުންނަކީ ޤަވާއިދުން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް މުވައްޒަފުންކަމުގައި އަފީފު ވިދާޅުވިއެވެ. އަފީފު ވިދާޅުވީ، ދޯނިފަހަރުގައި ހުންނަ މަހުގެ ޗެމްޕަރޭޗަރ ބެލުމަކީ ބައިނަލްއަޤުވާމީ މާކެޓުތަކަށް މަސް ވިއްކާއިރު ކޮންމެހެން ކުރަން މަޖުބޫޜު ކަމެއް ކަމަށެވެ. ނަމަވެސް ޗެމްޕަރޭޗަރ ބަލަން އަރާ މުވައްޒަފުގެ ސަބަބުން ދޯނި ކަރަންޓީނު ކުރަންޖެހޭ ހިސާބަށް ދިއުމުން އެކުންފުނިން އެކަމާ ވިސްނަމުންދާކަމަށް އަފީފު ވިދާޅުވިއެވެ.

ވަންދޫ ކައުންސިލްގެ ރައީސް ޝިއާޒު އިބްރާހިމް ވިދާޅުވީ، ކަރަންޓީނު ކުރީ އެރަށު އޮއިކުރި ދޯންޏާއި، އަސްދާނު ދޯނި ކަމަށެވެ. މި ދެދޯނީގެ މަސްވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ޝިޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response