breaking

މަސްހިފަން ފޭބި މީހަކަށް "ވެނެއް" ހަމަލާދީ ޒަހަމްކޮއްލައިފި

ހއ. އިހަވަންދޫގައި މަސްހިފަން ފޭބި މީހަކަށް ކަޅު ވެނެއް ހަމަލާދީ ޒަހަމްކޮއްލައިފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން އިހަވަންދޫ މީހަކު ބުނީ މިއަދު ހަވީރު ހިނގި މިހާދިސާގައި އެމީހާއަށް ވެން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ފައިން ތިން އިންޗި ވަރުގެ ތަނެއް ކަފައިގެން ގޮސްފައިވާކަމަށެވެ. މިހާދިސާ ހިނގީ އޭނާ އެކަނި މަސް ހިފަން ފައިބައިގެން އުޅެނިކޮށްކަމަށާއި ވެން ހަމަލާ ދިނީ އޭނާ ދަގަނޑު ޖަހައިގެން ހިފި މަހެއް ނަގަން އުޅުމުގެ ތެރޭގައިކަމަށް އިހަވަންދޫން މަޢުލޫމާތުދިން މީހާ ބުންޏެވެ. އެމީހާ މަސް ހިފަން އުޅުނީ އޭނާ ހިފާފައިހުރި މަސްތައް ވާގަނޑަކަށް އަމުނައިގެން މޫދަށް ދޫކޮށްގެންކަމަށް މަޢުލޫމާތުލިބެއެވެ. ހަމަލާ ދިނީ ކަޅުވެނުގެ ބާވަތެކެވެ.

ވެން ހަމަލާދީ ޒަހަމްކޮއްލާފަ

ޒަހަމްވިމީހާއަށް އިހަވަންދޫ ސިއްޚީ މަރުކަޒުން ވަނީ ފަރުވާ ދީފައެވެ.

މޫދުގައި މަސް ހިފަން އުޅޭއިރު މަސްފަތި މޫދަށް ދޫކޮށްގެން އުޅުމަކީ ރައްކާތެރިކަމެއް ނޫނެވެ. އެމަސްތަކުގެ ފިލިވަހަށް މިޔަރާއި ފަރުތޮޅި ފަދަ ބާވަތްތައް އައިސް މީގެކުރިންވެސް މީހުންނަށް މިފަދަ ހަމަލާތައްދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!