ފަހިމަގު ދޯނިން މަސް ހަދިޔާކުރަނީ، ފޮޓޯ-ވިލިގިލި ކައުންސިލް
ފަހިމަގު ދޯނިން މަސް ހަދިޔާކުރަނީ، ފޮޓޯ-ވިލިގިލި ކައުންސިލް

ލ.ގަމު ފަހިމަގު ދޯނީގެ ފަރާތުން ވިލިގިލީގައި ކަރަންޓީންކޮށްފައިވާ ގެތަކަށް ކަނޑުމަސް ހަދިޔާކޮށްފި

ލ. ގަމު ފަހިމަގު ދޯނީގެ ފަރާތުން ގއ. ވިލިގިލީގައި ކަރަންޓީންގެ ހާލަތުގައިވާ ގެތަކަށް ކަނޑުމަސް ހަދިޔާކޮށްފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ގއ. ވިލިގިލިން ފެނުމާއި ގުޅިގެން އެރަށުން މިހާތަނަށް 463 މީހަކުވަނީ ކަރަންޓީނުކޮށްފައެވެ. މިގެތަކަށް ކަނޑުމަސް ހަދިޔާކޮށްފައިވަނީ ވިލިނގިލި ކައުންސިލާއި ގުޅިގެންނެވެ.

ފަހިމަގު ދޯނިން ވާހަކަދެއްކި މަސްވެރިއެއް ބުނީ ގާތްގަނޑަކަށް 150 މަސް އެރަށަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

ފަހިމަގު ދޯނިން ހަދިޔާ ކުރި މަސް ގެތަކަށް ބަހަނީ، ފޮޓޯ- ވިލިގިލި ކައުންސިލް

ފަހިމަގު ދޯނިން މީގެކުރިންވަނީ ލ. ގަމުގައި ކޮވިޑް ކޭސްތަށް ފެނިގެން މޮނިޓަރިންގަށް ލީ ގެތަކަށް ކަނޑުމަސް ފޯރުކޮށްދީފައެވެ. ކަރަންޓީނަށް ލާ ގެތަކުގެ ފަރާތްތަކަށް ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އަދި އެހެން ފަރާތްތަކަށްވެސް މިގެތަކަށް ވަނުން މަނާވާނެއެވެ.

ފަހިމަގު ދޯނިން ވާހަކަދެއްކި މަސްވެރިއެއް ބުނީ ކުރިއަށް އޮތްތާގައިވެސް މިފަދަ ހާލަތުގައިވާ ރަށްތަކުގެ އެހީބޭނުންވާ ފަރާތްތަކަށް އެ ދޯނިން އެހީ ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!