ހއ. އިހަވްނދޫ "ފައްސި". ފޮޓޯ: މަސްވެރި އިހަވަންދޫ/ އިރުޝާން
ހއ. އިހަވްނދޫ "ފައްސި". ފޮޓޯ: މަސްވެރި އިހަވަންދޫ/ އިރުޝާން

ހއ. އިހަވަންދޫ "ފައްސި"

ހއ. އިހަވަންދޫ "ފައްސި" އަކީ މިވަގުތު އިހަވަންދޫ ބަނދަރުގައި ޒަމާނީ އެންމެ ފުރިހަމަ ވަސީލަތްތަކާއެކު މަސްވެރިކަމަށް ތައްޔާރުކޮށްފައިވާ ދޯންޏެވެ. ހަތްމިލިއަން ރުފިޔާހަރަދުކޮށްގެން ހަދާފައި އޮތް މިއުޅަނދަކީ ފައިބަރު އުޅަނދެކެވެ.
ދިގުމިނަކީ 87 ފޫޓު، ފުޅާމިނުގައި 26 ފޫޓު ހުންނަ މިއުޅަނދުގެ ކޮޅުފަސްކޮޅުގެ ވޯޓާރ ލެވެލްއަކީ 4 ފޫޓެވެ. ދިރުނބާ ކޮޅުގެ ވޯޓާރ ލެވެލް 13 ފޫޓު ހުރިއިރު މަސް ރަށްކާކުރެވޭނެގޮތަށް 19 ފަލްކާ ތައްޔާރު ކޮށްފައި ވެއެވެ. ތާޒާކަމާއެކު 30 ޓަނާ 37 ޓަނާ ދެމެދުގެ އަދަދަކަށް މިއުޅަނދުގައި މަސް ރަށްކާ ކުރެވެން ހުރިއިރު މަސްފިނިކުރުމަށް ޓަކައި 30 ޓަނުގެ އައިސް މިއުޅަނދުގައި ރަށްކާކުރެވޭނެއެވެ.
ހއ. އިހަވްނދޫ "ފައްސި". ފޮޓޯ:މަސްވެރި އިހަވަންދޫ/ އިރުޝާން
50 ފީފާގެ ތެޔޮ މިދޯނީގައި ރައްކާކުރެވޭނެއެވެ. އެން އެޅުމަށް ޓަކައި 4 ފަލްކާ މިދޯނީގައި ހުރެއެވެ. 25 މީހުންގެ ޖާގައިގެ މިއުޅަނދުގައި ނިދޭގޮތަށް 31 އެނދު އަދި ތަކެތި ރަށްކާކުރަނެ 35 ކަބަޑު ހުރެއެވެ. ރަނގަޅު ފެންވަރެއްގެ ބަދިގެ އަކާއި ފާހާނާއެއްވެސް ހުރި މިއުޅަނދުގައި ފެންވެރުމަށާއި އެހެނިހެން ބޭނުން ތަކަށް 30 ޓަނުގެ ފެން ރަށްކާކުރެ ވޭނެއެވެ.
405 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާފައި މި ދޯނި މިހާރު ވަނީ ޓެސްޓަށް ދުއްވާފައެވެ. ގަޑިއަކު 12.5 މޭލު ދުވެއެވެ.
މަސްދަރު: މަސްވެރި އިހަވަންދޫ
ހއ. އިހަވްނދޫ "ފައްސި". ފޮޓޯ:މަސްވެރި އިހަވަންދޫ/ އިރުޝާން
ގުޅުންހުރި ލިޔުންތައް