ފަރެސް މާތޮޑާ ގެލެރީ މިޝަން ދޯނީގެ ކެޔޮޅު އަހުމަދު ޒައިންއާއި ވިލެޖް މެރިން ދޯނީގެ ކެޔޮޅު ޢަބްދުﷲ ޖަމީލް ގެ ފަރާތުން އެރަށު ސިއްހީ މަރުކަޒަށް ފޭސް މާސްކް ހަދިޔާކޮށްފިއެވެ.
މި ދެ ކެޔޮޅުންގެ ފަރާތުން ސިއްޙީ މަރުކަޒަށްވަނީ 500 ޑިސްޕޯސިބަލް މާސްކު ހަދިޔާކޮށްފައެވެ. ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިދިޔަމަހުގެ 29 ވަނަ ދުވަހު ފަރެސް މާތޮޑާވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފެއެވެ.
މިފަދަ ދަނޑިވަޅެއްގައި ގެލެރީ މިޝަން ދޯނީގެ ކެޔޮޅު އަޙުމަދު ޒައިން އައި ވިލެޖް މެރިން ދޯނީގެ ކެޔޮޅު ޢަބްދުﷲ ޖަމީލްގެ ފަރާތުން ސިއްޙީ މަރުކަޒަށް ޑިސްޕޯސަބަލް ފޭސް މާސްކް ހަދިޔާ ކުރުމުން ސިއްޙީ މަރުކަޒުންވަނީ އެ އެހީއަށް ޝުކުރު އަދާކޮށްފއެވެ. އަދި މަސްވެރިން ސިއްޙީ މަރުކަޒާއި އެކު ބާއްވާ ޤާތްގުޅުން ފާހަގަކޮށް ދެއްވާ އެހީތެރިކަމަށްވެސް ސިއްޙީ މަރުކަޒުންވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮވިޑް-19 އާއި އެކު މަސްވެރިންދަނީ އެހީ ބޭނުންވާ ރަށްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކަށް މަސް ދޯނިތަކުން ދަނީ މަސް ހަދިޔާ ކުރަމުންނެވެ.