މަސްވެރިކަމާއި ގުޅޭ

kanneli

ބޮޑުކަންނެލި ކިލޯއެއްގެ އަގު 120 ރުފިޔާއަށް އަރައިފި

ބޮޑުކަންނެލި ކިލޯއެއްގެ އަގު 120 ރުފިޔާއަށް އަރައިފިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ރާއްޖޭގެ ކަންނެލި ގަންނަ ކުންފުނިތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑުއަގުގައި ކަންނެލި ގަންނަނީ ކ. ހިންމަފުށީގައި ހުންނަ އެމްކިޔުއެސް އިންނެވެ. އެކުންފުނިން ކަންނެލި ކިލޯއެއް ގަންނަނީ 120 ރުފިއާއަށެވެ. ރާއްޖޭގެ ކަންނެލި ގަންނަ އެހެން ކުންފުނިތަކުން ކަންނެލި ކިލޯއެއް ގަންނަމުން ދަނީ 110 ރުފިޔާއަށެވެ. މީގެކުރިން 30 ކިލޯއިން މަތީގެ ކަންނެއްޔާއި 30 ކިލޯއިން ދަށުގެ ކަންނެލި ގަންނަ އަގު ވަރަށް ބޮޑަށް ތަފާތެވެ. ނަމަވެސް މިހާރު 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަނީވެސް ހަމަ ބޮޑުކަންނެލި ގަންނަ އަގުގައެވެ. ރާއްޖޭގެ ކުންފުނިތަކުން ބޮޑުކަންނެލީގެ ގޮތުގައި ބަލަނީ 30 ކިލޯއިން މަތީގެ ކަންނެއްޔެވެ.

ބޮޑުކަންނެލީގެ އަގު އުފުލިފައިވަނީ ރާއްޖޭގެ ކަންނެލީގެ މަސްވެރިކަން ދަށްވެ ކަންނެއްޔަށް ފުރާ މަސްވެރިން މަދުވުމުގެ ސަބަބުންނެވެ. ބޮޑުކަންނެލީގެ އަގު 100 ރުފިއާއަށްވުރެ މަތީގައި ހުންނަތާ ދެމަސް ދުވަހަށްވުރެ ގިނަ ވެއްޖެއެވެ. ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މިއަހަރަކީ މިހާތަނަށް ކަންނެލީގެ މަސްވެރިކަން އެންމެ ދަށް އަހަރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!