ކ. ދިއްފުށި ބޭރުން ކަނޑައިގެން ދިޔަ ކަނދުފަތި ހަރުކޮށްފިއެވެ.
މި ކަނދުފަތި ހަރުކޮށްފައިވަނީ ދިއްފުށީ އިރުން 13 މޭލު ބޭރުގައެވެ. މި ކަނދުފަތީގެ ސަބަބުން މެދު ރާއްޖެ ތެރޭގެ މަސްވެރިންގެ ގިނަ ފަސޭޙަތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލްކުރެވެއެވެ.
ކ.ދިއްފުށި ކަނދުފަތި، ކ.ދިއްފުށީގެ އިރުން 13 މޭލު ބޭރު ގައި މިއަދު ޤާއިމުކޮށްފި pic.twitter.com/AFer5DYWFX
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) June 9, 2021
ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.
މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.