މ. މުލަކުގައި ކޮވިޑްގެ ހާލަތުގޮސްވެ ރަށުގެ ގިނަ މަސްވެރިން ކަރަންޓީން ކުރުމާގުޅިގެން މާލޭގައި ދިރިއުޅޭ މުލަކު ޒުވާނުން އެރަށަށް ޓަނަކަށް ވުރެ ގިނަ ކުކުޅު ހަދިޔާކޮއްފިއެވެ.
ކޮވިޑް-19 ސަބަބަބުން މުލައް ފުރަބަންދުކޮށްފައިވަނީ އެރަށުގެ މުޖުތަމުގެ ތެރެއިން ނެގި ގިނަ ސާމްޕަލްތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ މަސްވެރިންވެސް ހިމެނެއެވެ. މި ސަބަބާހުރެ ރަށުގެ ގިނަ ދޯނިފަހަރުވެސް ވަނީ ކަރަންޓީންކޮށްފައެވެ. އެހެންކަމުން ލައިގެންކާނެ ތަކެތި ހޯދުމަށްވެސް އެރަށުގެ ރައްޔިތުންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން ފުރަބަންދުކޮށްފައިވާ ބައެއް ރަށްރަށަށް ދޯނިފަހަރުން ގެންދަނީ ހިލޭ މަސް ފޯރުކޮށް ދެމުންނެވެ. ނަމަވެސް މިއީ ޒުވާނުންތަކެއްތަކެއް އިސްނަގައިގެން މިފަދަ ބޮޑު އެހީއެއްވީ ފުރަތަމަ ފަހަރެވެ.
މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި މުލަކު ޔޫތް އެންޑް ސްޕޯޓްސްގެ ރައީސް އަހުމަދު ރަޝީދު ބުނީ މި މަސައްކަތަކީ މާލޭގައި ދިރިއުޅޭ ޒުވާނުންގެ އިސްނެގުމުގެ މަތިން މުލަކު ޒުވާނުންގެ ވައިބާރ ކޮމިޔުނިޓީން ރަށަށް ދިމާވެފައިވާ މި ނާޒުކު ދަނޑިވަޅު އެހީތެރި ވުމުގެ ގޮތުން ހިންގުނު ހަރަކާތެއްކަމަށެވެ. މި މަސައްކަތުގައި ހެޕީމާކެޓާއި، ހަތާ މޯލްޑިވްސްގެ އިތުރުން ވިވްކޯ އިންޖިނިއަރިންގެ އެހީތެރިކަން ލިބުނުކަން އަހުމަދު ރަޝީދު ފާހަގަކުރިއެވެ. މިތަކެތި މުލަކާއި ހިސާބަށް ގެންގޮސް ރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގޭބީސީއަކަށް ބައިކޭސް ކުކުޅު ޓާސްފޯސްގެ އެހީތެރިކަމާއިކު ބަހާފައިވާކަމަށާއި ވޭވަވަށުގެ ރައްޔިތުންނަށް ބެހުމަށް 13 ކޭސް ކުކުޅު އެރަށު ޓާސްފޯސްއާއި ހަވާލުކޮށްފައިވާކަމަށް އަހުމަދު ބުންޏެވެ.
ކޮވިޑް-19 164 ކޭސް މުލަކުން ފެނިފަވާއިރު އެގެ ތެރެއިން 102 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މާލޭގައި ދިރިއުޅޭ ރަށު ޒުވާނުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް މުލަކު ކައުންސިލުންވަނީ ޒުވާނުން ދެކި ނަމޫނާއަށް ޝުކުރު އަދާކޮށްފައެވެ.



