“ރަސް އައިން" ދޯނީގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެންއެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިހާދިސާގެމައުލޫމާތު ލިބުނީ 6:12 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެއެވެ. އަދި މިއަދު 7:52 ގައި ސ. ފޭދޫ އަށް ވަނީ ގެންގޮސްދީފައެވެ. މިހާދިސާ ހިނގާފައިވަނީ "ސ.ގަން ބޮއެ" ކައިރީގައި މަސްވެރިކަމުގައިއުޅުމުގެތެރޭގައި ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.
މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވަމުން އަންނަ ވަރަށް ހިތާވެވެރި ހާދިސާއެކެވެ. ލޮލަށް ބުޅި ހެރުމުގެ ސަބަބުން އެ ލޮލުގެ ފެނުން ދާއިމަށް ގެއްލިފަވެސް އެބަހުއްޓެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް މަސް ބާނަން ދޮށި އަޅާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އައިނާއި ހެލްމެޓް ފަދަ ތަކެތި ބޭނުންކުރުމަކީ ކުރެވިދާނެ ކަމެއް ކަމެކެވެ.