ސާފު ކަނޑުފަރު ކެމްޕެއިންގައި ޕްރޮފެސަރ އުގައިލް ބައިވެރިވެއްޖެއެވެ.
ސާފު ކަނޑުފަރު ކެމްޕެއިނަކީ ގަމަނަފުށީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ޕްލާސްޓިކުން ކަނޑުތަށް ސަމާލަތްކުރުމަށް ފަށާފައިވާ ކެމްޕެއިނެކެވެ.
މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކަނޑުތަކަށް ޕްލާސްޓިކް ކުނިއެޅުން ހުއްޓުވުމާއި ޕްލާސްޓިކްގެ ސަބަބުން ކަނޑުތަކަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން މަސްވެރިންނާއި އާންމުން ހޭލުންތެރުކުރުވުމެވެ. އަދި ދިވެހިން ކުރަމުން ދާ ދެމެހެއްޓެނިިިވި މަސްވެރިކަމުގެ ވާހަކަ ހިއްސާކުރާއިރު، މަސްވެރިންނަކީ ކަނޑުގެ މާހައުލު ކުނިން ސަލާމަތްކުރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދެމިތިބުމެވެ. މި ހަރަކާތުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ނަން ކިލަނބުވިޔަނުދީ، ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން ނަމޫނާ ދެއްކުމާއި، ކުނިއަޅާ ފަރާތްތަކަށް މިކަމުގައި ހުރި ނުރައްކަލުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ތިމާވެއްޓަށް ކުނިއެޅުމުގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި ފަސޭހައިން ކުނި ނައްތާލެވޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރެވޭނެއެވެ.
މި ކެމްޕެއިންގައި މިހާރުވަނީ ގެމަނަފުށީގެ ހުރިހާ މަސް ދޯންޏަކުންވެސް ބައިވެރިވެފައެވެ. މިއާއެކު މި ކެމްޕެއިންގެ ތެރެއިން ކަނޑަށް އުކާލާ ޕްލާސްޓިކް މަދުކުުރުމަށް ގެމަނަފުށީގެ ހުރިހާ މަސް ދޯނިތަކުން އެއްބާރުލުން ދަނީ ލިބެމުންނެވެ. އަދި ދޯނި ތަކުން ގެންނަ ޕްލާސްޓިކް ޖަމާކުރުމަށް ގެމަނަފުށީގެ ބަނދަރުމަތީގައި 4 ތަނެއް ތައްޔާރުކޮށް، ޕްލާސްޓިކް ނަގާ އެ ބެލެހެއްޓުމާއި އަދި ރީސައިކަލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރާނީ ޖަމިއްޔާތަކުގެ މެމްބަރުންނެވެ.