ކޫއްޑޫ ރެފްރިޖްރޭޝަން ސިސްޓަމްގެ މައިންޓެއިނެންސް މަސައްކަތެއް ކުރުމަށް ކޫއްޑޫއިން އަންނަ ހޮނިހިރު ދުވަހު އައިސް ދޫނުކުރާނެ ކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކޮށްފިއެވެ.
ކޫއްޑޫ އިން ބުނީ ހޮނިހިރު ދުވަހު ކޫއްޑޫގެ ރެފްޖިރޭޝަން ސިސްޓަމްގެ މެއިންޓެއިނަންސްގެ މަސައްކަތެއް ކުރުމަށް ސިސްޓަމް ނިންވާލަންޖެހޭ ޖޫންމަހުގެ 19ވަނަ ދުވަހު ކޫއްޑޫ އިން އައިސް ނުކުރާނެ ކަމަށެވެ.
ކޫއްޑޫއަކީ ގިނަ އަދަދެއްގެ މަސްވެރިން އައިސް ގަންނަ ސެންޓަރއެކެވެ. ކޫއްޑޫއިން މިދުވަސްކޮޅު މަސް ކިރަމުން ދަނީވެސް ހާއްސަ އުސޫލެއްގެ ދަށުންނެވެ. މިއީ އެރަށުން ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެންނެވެ.
އެގޮތުން ކޫއްޑޫއިންވަނީ މިހާލަތުގައި މަސް ކިރުވުން ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ ޙާއްސަ އުސޫލެއް ކަނޑައަޅާފައެވެ.
މި އުސޫލްތަކަކީ،
1- ކޫއްޑޫ އާއި ބޯޓް ފަހަރަށް މަސް ކުރުވާނެ ވަގުތަކީ ހެނދުނު 8:00 އިން ރޭގަނޑު 11:00 ކަމަށް ކަނޑައެޅުން
2- މަސް ހޮވުމަށް އެއްވެސް ކިއު އޭ ގްރޭޑަރ އެއް ދޯންޏަށް ނޭރުން ( ނަމަވެސް ކިއު އޭ ގްރޭޑަރ ޖެޓީގައި ހުރެގެން ދެވޭ އިރުޝާދާއި އެއް ގޮތަށް ބާސްކެޓް އަށް މަސް އެޅުން، ދޯނީގައި މަސްވެރިންގެ ތެރެއިން ވަތުން މަސް ނަގާ އަދި ބާސްކެޓަށް މަސް އަޅާ އިރުވެސް އަންގި ލައްވައިގެން އަދި މާސް އަޅައިގެން ތިބުން)
3- މަސް ކިރާ ޕޮއިންޓަށް މަސްވެރިން ވަނުން މަނާކުރުން، ( މަސް ކިރާ ކައްޓާ ބަލަން އަންނަ ފަރާތް މަޑުކުރަން މިހާރު ނިންމާފައިވާ އޭރިއާ އަށް މަސްވެރިއާ އަންނަވާނީ ރަނގަޅަށް އައި ދޮވެގެން އަދި މާސްކު އަޅައިގެން)
4- އެއްވެސް ދޯންޏަކުން ކައްޓާ ޗެކު ކުރަން އަރާ މީހާގެ އިތުރުން އެއްވެސް ފަރާތެއް ޖެޓީއަށް އެރުން މަނާކުރުން
5- ތެލާއި ފެން އަޅާއިރުވެސް ރަށު ތެރެއަށް އެއްވެސް ފަރާތެއް އެރުން މަނާކުރުން
6-މަސް ކިރާ ނިމުމުން އަވަހަށް ޖެޓީއިން ދޯނި ހައްޓާލަން ޖެހޭނެ ކަމަށް އާ އުސޫލުގައިވެއެވެ.


