201194514_3055025748087413_8173713821082013827_n

އަނގޮޅިތީމު ރައްޔިތުން ހުޅުދުއްފާރަށް މަސް ޓަނެއް ހަދިޔާކޮއްފި

ކޮވިޑް-19 ގެ ސަބަބުން މޮނިޓަރިންގައި އޮތް ހުޅުދުއްފާރުގެ ރައްޔިތުންނަށް، ށ. އަނގޮޅިތީމު ރައްޔިތުން ކަނޑުމަސް މަސް ހަދިޔާކޮއްފިއެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި ޓަނަކަށްވުރެ ގިނަ މަސް ހަދިޔާކޮއްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

ހުޅުދުއްފާރު މޮނިޓަރިންގައި އޮންނަތާ 40 ދުވަސް ވާން ގާތްވެފައިވާއިރު އެރަށަށް މަސް ލިބުމުގެ ދަތިކަން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ. އެރަށުން މިހާތަނަށް 42 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 24 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ހުޅުދުއްފާރުން މަސްވެރިން އެމްވީއަށް މައުލޫމާތުދިން މީހަކު ބުނީ ރަށުން ލައިގެންކާތެކެތި ދަތިވެފައިވާ މި ދުވަސްވަރު އަވައްޓެރި އަނގޮޅިތީމު ރައްޔިތުންގެ ފަރާތުން މި ލިބުނީ ވަރަށް ފުރިހަމަ ހަދިޔާއެއް ކަމަށެވެ.

ކޮވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށަށް މަހާއި ކާބޯތަކެތި އެހެން ރަށްރަށުން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް މަސްވެރިން އަންނަނީ މިފަދަ ރަށްރަށަށް މަސް ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!