ގެމަނަފުށީ އޯކިޑް 707 ދޯނީގެ އިންޖީން ރޫމުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ސ. ގަން ކަނޑާއި 4 ވަރަކަށް މޭލު ބޭރުންނެވެ.
މައުލޫމާތު ލިބޭ ގޮތުން މި ހަދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ނުލިބެއެވެ. އެހެން ނަމަވެސް ދޯނީގެ އިންޖީނަށްވަނީ ގެއްލުންވެފައެވެ. އެގޮތުން އިންޖީނުގެ ބޮޑީ ފަޅައިގެންގޮސްވަނީ ބޮޑު ގެއްލުންތަކެއްވެފައެވެ.
މިއާއެކު ދޯނީގެ އިންޖީނުވަނީ ހުއްޓިފައެވެ. އެމްއެންޑީއުފުން ބުނީ 'ވާލި 8' ދޯނީގައި ކަފުޖަހައިގެން އޯކިޑް 707 ސ.މީދޫ ބަނދަރަށް ވެއްދުމަށް ދަނީ ދަތުރުކުރަމުން ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ.....