0E3FFF4B-DF0E-4544-8473-9C1EBE0CDF6C

ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ފިޝަރީޒް މިނިސްޓަރަކަށް ޑރ. ޙުސެއިން އައްޔަންކުރަން ފެންނަ ކަމަށް ރުހުން ދިނުމަށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށްފަހު، މިއަދު ނެގި ވޯޓުގައި ފިޝަރީޒް މިނިސްޓަރަށް ރުހުން ދީފައިވަނީ ޖަލްސާގައި ބައިވެރިވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާއާ ފިޝަރީޒް މިނިސްޓްރ ޑރ. ޙުސެއިންއަށް ރުހުން ހޯދުމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށައެޅި ނަމަވެސް ފިޝަރީޒް މިނިސްޓަރަށް ރުހުންދިނުން ކޮމިޓީން ފަސްކުރިއެވެ. އެގޮތަށް ފަސްކުރީ އަމިއްލަ ކުންފުންޏެއްގައި މިނިސްޓަރ ޙުސައިންގެ ހިއްސާ އޮތުމުންނެވެ.

އެހެންކަމުން ދައުލަތުގެ ބަންޑާރަނާއިބުގެ ލަފައެއް ހޯއްދެވުމަށްފަހު އަމިއްލަ ކުންފުންޏެއްގައި އޮތީ މިނިސްޓަރ ޑރ.ޙުސައިންއަށް އާމްދަނީ ލިބޭ ހިއްސާއަކަށް ނުވާތީ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދެއްވާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރ ޑރ.ޙުސައިން ރަޝީދުވަނީ ފަހުން އެކުންފުނީގެ ހިއްސާ ދޫކޮށްލާފައެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ.ޙުސައިން ރަޝީދު ޙަސަން އައްޔަންކުރުމުގެ ކުރިން ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަޤާމުގައެވެ. ފިޝަރީޒް މިނިސްޓަރަކަށް ޑރ.ޙުސައިން ރަޝީދު އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި ޒަހާ ވަޙީދު އިސްތިއުފާދެއްވުމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!