64943A83-331A-484F-B20B-74E0D0D5E28B

ކަނދުފަތީގެ ވިއުގަ ފުޅާކުރުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ބައްދަލުވުމެއް

ކަނދުފަތީގެ ވިއުގަ ފުޅާކުރުމާ ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުމަށާއި މަޝްވަރާކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އާއްމުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:30 ގައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެރިވެރިކޮށެވެ.

 

މި ބައްދަލުވުމުގައި ޙިޔާލު ހޯދުމަށް ހަމަޖެހިފައިވަނީ ދޮށީގެ މަސްވެރިކަމަށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިއުގަ ފުޅާކޮށް އިތުރުކުރުމާއި، ވަދު، އަތުނަނު އަދި މުނިފޫހި ފިލުވުމަށްކުރާ މަސްވެރިކަމަށް ވަކި ކަނދުފަތީގެ ވިއުގައެއް ޤާއިމްކުރުމުގެ އިތުރުން އެންކަނދުފަތި އެޅުން ހިމެނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި 56 ކަނދުފަތި ޤާއިމްކޮށްފައިވެއެވެ. މި ކަނދުފަތި ތަކަކީ ދޯށީގެ މަސްވެރިންނަށް ޙާއްސަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެކެވެ. އެހެން ނަމަވެސް ރާއްޖޭގައި އެކި ކަހަލަ މަސްވެރިކަން ކުރާއިރު އެފަރާތްތަކަށްވެސް ހާއްސަ ކަނދުފަތިތަކެއް ބޭނުންވާ ކަމަށް ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!