ކޮވިޑް-19ގެ ސަބަބުން ކޫއްޑޫ ޖެޓީއަށް މަސްކިރުމާއި އައިސް ދޫކުރުން ހުއްޓާލައިފިއެވެ.
ކޫއްޑޫގެ އޮޕަރޭޝަންތަށް ހުއްޓުމަކަށް މިއައީ ކޫއްޑޫ ޖެޓީ އާއި، ކޯލްޑް ސްޓޯރެޖް އަދި ކަލެކްޓަރ ބޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރަން ޖެހުމުންނެވެ.
ކޫއްޑޫއިން ބުނީ މަސް ކިރުވުމުގެ މަސައްކަތް ކުރިއަށް ދާނީ ކޫއްޑޫ ބޭރު ބަނދަރުން، މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ ކޮލެކްޓަރ ބޯޓު ފަހަރުތަކުން ކަމަށެވެ.
މި ދަނޑިވަޅުގައި މަސްވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ކޫއްޑޫއިން ވަނީ ޝުކުރު އަދާކޮށްފައެވެ.