kooddoo jetty

ކޫއްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 91 އަށް!

މިފްކޯގެ މަސްގަންނަ މައި ރަށްކަމަށްވާ ކޫއްޑޫން ކޮވިޑަށް ޕޮޒިޓިވްމީހުންގެ އަދަދު 91 އަށް އަރައިފިއެވެ.

ކޫއްޑޫން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި 91 މީހުންގެ ތެރޭގައި ހިމެނެނީ 74 ބިދޭސީންނާއި 17 ދިވެހިންނެވެ. މީގެތެރެއިން 31 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު މި ބަލި ތަހަންމަލް ކުރަމުންދަނީ 60 މީހުންނެވެ. އެއީ 53 ބިދޭސީންނާއި 7 ދިވެހިންނެވެ.

ކޫއްޑޫގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކޫއްޑޫ ޖެޓީއަށް މަސް ކިރުމާއި ޖެޓީން އައިސް ދޫކުރުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެެވެ. ކޫއްޑޫގެ އޮޕަރޭޝަންތަށް ހުއްޓުމަކަށް އައީ ކޫއްޑޫ ޖެޓީ އާއި، ކޯލްޑް ސްޓޯރެޖް އަދި ކަލެކްޓަރ ބޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިކުރަން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. މިވަގުތު މަސްކިރަނީ ދާނީ ކޫއްޑޫ ބޭރު ބަނދަރުން، މަހާ ކަލަމިންޖާ އަދި ހުވަދު އަތޮޅުގައި ހަރަކާތްތެރިވާ މަސްގަންނަ ބޯޓު ފަހަރުތަކުން ނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!